ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް ހދ.އަތޮޅު މެޗުތައް ފަށައިފި

ކުޅިވަރު ފަހުގެ

ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް އިއްޔެ ހދ.ނޮޅިވަރަންފަރުގައި ފަށައިފިއެވެ.

ހދ އަތޮޅު ކަޕް އިއްޔެ ހަވީރު 17:00 ގައި ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯސްޓް އައިލެންޑް ނޮޅިވަރަންފަރާއި ނޭކުރެންދޫއެވެ. ނޭކުރެންދޫ މި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެވަނަ މެޗް 20:30 ގައި ކުޅުނުއިރު މި މެޗުގައި ވާދަކުރީ ހަނިމާދޫއާ އާއި ކުޅުދުއްފުށީ އެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މިއަދުވެސް މި މުބާރަތުގެ ދެ މެޗު ކުޅޭނެއެވެ. 17:00 ގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ކުމުންދޫ އެވެ. 20:30 ގައި ދެވަނަ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ނޭކުރެންދޫއެވެ.

ޓެކާސް މޯލްޑިވްސް ކަޕަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ އެތެރޭގެ ހީވާގި ކުޅުންތެރިންނަށް ސްޕޮޓްލައިޓްގައި އަލިވިލޭނެ ފުރުސަތު ދިނުމެވެ.

ޓެކާސް މޯލްޑިވްސް ކަޕް ފަށާފައިވަނީ ށ. އަތޮޅުން ނެވެ. އެއަތޮޅުގެ ޗެމްޕިޔަނަކީ ފޯކައިދޫ އެވެ. ދެން މުބާރާތުގެ ކުޅުން ކުރިއަށް ދިޔައީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ ޗެމްޕިޔަންކަން ހޯދީ މާފަރެވެ. މި ދެ ޓީމް ވަނީ ޒޯން 1 ގެ ބޮލޮކް 2 ގެ ފައިނަލްގައި ވާދަކޮށްފައެވެ. އެ ފައިނަލުން މޮޅުވީ މާފަރެވެ. ހދ.އަދޮޅުގެ ޗެމްޕިޔަން ޓީމް ޖެހެނީ ޒޯން 1 ޗެމްޕިޔަން މާފަރާ ބަދަލުކުރާށެވެ. މި މެޗު އޮންނާނީ މާފަރުގައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ