ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހިން މާދަމާ ރާއްޖެ އަންނާނެ: ފޮރިން މިނިސްޓްރީ

ޚަބަރު ފަހުގެ

ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު އެގައުމުން ބޭރުވެއްޖެ ކަމަށާއި މާދަމާ ރާޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީ ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ޚަރްކީވްގައި ތިބި އަށް ދިވެހިންނާއި ނިޕްރޯ ގައި ހުރި ދަރިވަރު އިއްޔެ މެންދުރު ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވް އަށް ދަތުރުކޮށް، ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ނުވަ ދިވެހިން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން އޮތީ ހަމަޖައްސައިފަ އެވެ. އަދި އެކަންކަން ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ހާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި، ހަނގުރާމަ ފެށި އިރު، ޔޫކްރެއިނުން ނުފުރި ތިބީ 27 ދިވެހިންނެވެ. އޭގެ ތެރެއިން 15 ދިވެހީން އިވާނޯގައި ތިބި އެމީހުން ހަންގޭރީއަށް ގެންގޮސް، ވަނީ ރާއްޖެ ގެނެސްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ