ކުޅުދުއްފުށި ހޮސްޕިޓަލު އޯޕީޑީ އިމާރާތުގެ 53 ޕަސެންޓް މަސައްކަތް ނިމިއްޖެ

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން އޯޕީޑީ އިމާރާތުގެ 53 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން ބުނީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެގޮތުން އޯޕީޑީ އިމާރާތުގެ ކޮންކްރީޓް، ސްޓްރަކްޗަރަލް އަދި ރޫފިންގ މަސައްކަތްތައް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި، އައި.ސީ.ޔޫ ޔުނިޓް އެޅުމާއި، ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ