ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި އިއްޔެ 200 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފި

ޚަބަރު ފަހުގެ

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހދ. ގައި ކުރިއަށްދާ ދަތުރުތައް ޝެޑިއުލް އާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުވުމަށާއި ފެރީގެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުގައި އާރްޓީއެލް ފެރީތަކުގައި ހިލޭ ދަތުރުކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާރް.ޓީ.އެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށްކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި މި މުއްދަތައްފަހު މިމަހުގެ 11އިން ފެށިގެން އާރް.ޓީ.އެލްގެ ފެރީ ޚިދުމަތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނަގާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެގޮތުން https://rtl.mv/ ނުވަތަ https://app.rtl.mv/ ލިންކުގެ ޒަރީޔާއިންޓިކެޓް ނެގޭނެއެވެ. އަދި rtl travel app އެޕް މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެހެންކަމުން އެޕް އަދި ވެބްސައިޓަށް އަހުލުވެރި ވުމަކީ ކުރިއަށް އޮތް ތަނުގައި ޚިދުމަތް ލިބިގަތުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން އެކެއްގެ 3 އަތޮޅުގައި ޚިދުމަތް ފެށުމަށް 17 ފެރީ ވަނީ ބަނދެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ