ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޔަޤީންކޮށްދިނުމަށް ރައީސް ޞާލިޙް ގޮވާލައްވައިފި

ޚަބަރު ފަހުގެ

ކުޑަކުދިން ހެދިބޮޑުވާ މާހައުލަކީ އެކުއްޖާއަށް ރައްކާތެރި މާހައުލެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އެ ކުދިން ހެދިބޮޑުވަމުން އަންނަ މާހައުލަކީ ހުރިހާ ގޮތަކުން ރައްކާތެރި، އަދި އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ލިބޭ މާހައުލެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ. އަދި ކުދިން ހެދިބޮޑުވާ މާހައުލުގައި ރައްކާތެރިކަމާއި ލޯބި ގާއިމް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލް ކަމަށާއި، އެހެން ކަމުން އެކުދިންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި އެކުދިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ