އެމެރިކާއަކީ ބާރުގަދަ އަސްކަރިއްޔާއެއް ކަމަށް ދުނިޔެ މިހާރު ނުދެކޭ: މުހްސިން ރިޒާއީ

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާއަކީ އަސްކަރީގޮތުން ކާމިޔާބު އަދި ބާރުގަދަ ގައުމެއްގެގޮތުގައި މިހާރު ދުނިޔެ ނުދެކޭ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސްވެރިޔާ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީ ވިދާޅުވީ، އެމެރިކާއަކީ ކާމިޔާބު ގައުމެއް ނޫން ކަމަށާއި، ހަގީގަތަކީ އީރާނާޖެހި އެމެރިކާ ބަލިވެފައިވާކަން ކަމަށެވެ. ދުނިޔެވެސް މިހާރު ގަބޫލުކުރަނީ އެގޮތަށް ކަމަށް މުހްސިން ރިޒާއީ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުހްސިން ރިޒާއީ ވިދާޅުވީ، މިހާރުގެ އީރާނަކީ 1943 ގައި އޮތް އީރާނު ނޫން ކަމަށާއި، މިހާރުގެ އެމެރިކާއަކީވެސް އޭރުއޮތް އެމެރިކާ ނޫން ކަމަށާއި، އެމެރިކާއަކީ މިހާރު އަސްކަރީގޮތުން ގާބިލް ގައުމެއް ނޫން ކަމަށެވެ.

ދުނިޔެ ބަދަލުވެއްޖެ ކަމަށާއި، މުއްދަތު ހަމަވެފައިވާ ފޮޓޯތައް ދައްކައިގެން ދުނިޔެ ކުރިންއޮތް ތަރުތީބު އަލުން އާލާ ނުކުރެވޭނެ ކަމަށްވެސް މުހްސިން ރިޒާއީ ވިދާޅުވިއެވެ.

އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްވެސްވަނީ، އެމެރިކާއާއި އިސްރާއީލުގެ އުދުވާނުތަކުގެ ކުރިމަތީގައި އީރާނުގެ ލަޝްކަރުތަކުން ހޯދާފައިވާ އަދި މިހާރުވެސް ހޯދަމުންގެންދާ ކާމިޔާބީއަށް ތައުރީފް ކުރައްވާފައެވެ.

ގާބިލާފް ވިދާޅުވީ، އެމެރިކާގެ އުދުވާނުތައް ހުއްޓުވައި އެމީހުންނަށް ގެއްލުންދެވި އަދި ބިރުން ފަހަތަށް ޖެހިފައިވަނީ އީރާނު ސިފައިންގެ ވަރުގަދަ ހިތްވަރާއި އަޒުމުގެ ސަބަބުން ކަމަށެވެ.

އީރާނު އަސްކަރިއްޔާގެ ވަރުގަދަކަމާއި ބާރު ފެނި ދުޝްމަން އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، އީރާނުގެ އެތެރޭގެ ސަލާމަތަށް ބުރޫއަރުވައި، އިގްތިސާދީގޮތުން ޕްރެޝަރކުރުމަށް އިސްކަންދީ، އެގޮތުން އެމީހުންގެ މަގްސަދު ހާސިލްކުރަން ކަމަށް ޕާލަމެންޓުގެ ރައީސް ވިދާޅުވިއެވެ.

ގާލިބާފް ވިދާޅުވީ، އީރާނުގެ އެތެރޭގެ ސަލާމަތަށް ނުރައްކާކޮށް، އިގްތިސާދީގޮތުން ފިއްތައިގެން މަގްސަދުތައް ހާސިލްކުރަން އެމެރިކާއިން ކުރާ ހުރިހާ ކަމެއްވެސް އީރާނުން ބަލިކުރާނޭ ކަމަށާއި، އެކަން ކުރާނީ ގައުމީ އެއްބައިވަންތަކަމުގެ ތެރެއިން ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މުޅި އީރާނު މިހާރު އޮތީ ސަރުކާރާ އެކުގައެވެ. ކަންކަން ވެގެންދިޔައީ އެމެރިކާއާއި އިސްރާއީލު އުންމީދުކުރި ގޮތަކަށް ނޫނެވެ.

އީރާނުގެ ވެރިރަށް ތެހެރާނަށާއި، އީރާނުގެ އެކި ރަށްތަކަށް އެމެރިކާއާއި އިސްރާއީލުން ބޮން އަޅައި މިސައިލް ހަމަލާތައް ދެމުން ގެންދިޔައިރުވެސް ވެރިރަށް ތެހެރާނުގެ އިންގިލާބް މައިދާނަށް ކޮންމެ ރެއަކު ރައްޔިތުން ނުކުމެ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސްފައި ވެއެވެ. މައިދާނަށް ގާތަށް ހަމަލާތައް އަމާޒުވަމުން ދިޔައިރުވެސް ރައްޔިތުން ދުރަކަށް ނުދެއެވެ.

އީރާނުގެ ބާރުގަދަ ބަސީޖް ފައުޖުގެ ނައިބް މިއަދު ވިދާޅުވީ، ދުޝްމަނުން ބަލިކުރަން އީރާނުގެ އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ތިބުމެކޭ، އީރާނު އަސްކަރިއްޔާއިން ބޭނުންކުރާ ޑްރޯންއާއި، މިސައިލާއި މަނަވަރުތަކެކޭ ހަމަ އެއްފަދަ ކަމަށެވެ. މަގުމަތީގައި އާންމުން ތިބުމުގެ އަގު ހަމަ އެފަދަ ކަމަށެވެ.

އީރާނުން ބުނަނީ ހޮރްމޫޒު ކަނޑޮއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައި ކަމަށެވެ.

އީރާނުގެ އެންގުންތަކާ ޚިލާފްވާ ތެޔޮ ޓޭންކަރުތަކާއި އުޅަނދުފަހަރަށް ކޮންމެ ދުވަހަކު ހަމަލާތައް ދެމުންގެންދާއިރު، ހޮރްމޫޒު ސަރަހައްދާއި އީރާނުގެ ވައިގެ ސަރަހައްދަށް ވަންނަ އެމެރިކާގެ ޑްރޯންތަކާއި، އަސްކަރީ ޖެޓުތަކަށްވެސް އީރާނުންދޭ ހަމަލާތައް އިތުރުކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ