ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ހަތް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފިއެވެ.
މި އަހަރުގެ އޭޕްރީލް 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އެ ގާނޫނަށް ގެނައި މައިިގަނޑު އިސްލާހަކީ، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ.
އެގޮތުން ،ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
މި ގާނޫނު ތަސްދީގުކުރުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވި އަމަލުކުރަންފެށިފައެވެ.


