މާލޭގައި ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކުވެނި ޓްރެކް ސަރަހައްދުގައި ހިނގި މިއެކްސިޑެންޓްގައި އެމްޓީސީސީ ބަހަކާއި ކާރެއް ޖެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއެކްސިޑެންޓްގައި ކާރުގައި ތިބި 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމަތު ލިބެއެވެ.


