ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ފްލެޓްފޯމެއް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެ

ޚަބަރު ފަހުގެ

މާލޭ އާއި ތިލަފުއްޓާއި ދެމެދު އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރަމުން އައި ފްލެޓްފޯރމެއް ވިލިމާލެ ފަރަށް އަރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ފްލެޓްފޯރމެއް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު މިއަދު 14:25 ހާއިރު ވިލިމާލެ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަން މީޑީއާ އޮފިޝަލް ފާހަގަ ކުރެއްވި އެވެ.

ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ