މާލޭ އާއި ތިލަފުއްޓާއި ދެމެދު އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ބޭނުންކުރަމުން އައި ފްލެޓްފޯރމެއް ވިލިމާލެ ފަރަށް އަރައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ފްލެޓްފޯރމެއް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު މިއަދު 14:25 ހާއިރު ވިލިމާލެ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަން މީޑީއާ އޮފިޝަލް ފާހަގަ ކުރެއްވި އެވެ.
ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.


