އާރުޓީއެލްގެ ހިދުމަތަށް އިތުރު 65 ފެރީ ބަންނަން ޙަވާލުކޮށްފި

ޚަބަރު ފަހުގެ

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ 2 އަދި 3 ވަނަ ފިޔަވައްސަށް ބޭނުންވާ 65 ފެރީ ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ޢަބްދުالله ޙުސައިން މުޙައްމަދު އަލްޝާލީއެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން، 65 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް އަލްޝާލީ މެރިން މޯލްޑިވްސްއާއި އެމްޓީސީސީން ވަނީ ހަވާލުކޮށްފައެވެ. އަލްޝާލީ މެރިންއަކީ މިފަންނުގައި ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެވެ.

މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އެއަރ ކޮންޑިޝަން ފެރީ ތަކެކެވެ. މި ފެރީތައް ފަރުމާކުރެވިފައިވަނީ ދަތުރުވެރިންނަށް އެންމެ ހިތް ފަސޭހަކޮށް ދަތުރު ކުރެވޭނެ ގޮތަށެވެ. އާރްޓީއެލް ފެރީތަކަކީ ހިތްފަސޭހަވުމުގެ އިތުރުން، ޖީބަށް ލުއި، އެ ޚިދުމަތަކަށް ރައްޔިތުންނަށް ބަރޯސާވެވޭނެ ޝެޑިއުލެއް ކަނޑައެޅިފައިވާ ޚިދުމަތެކެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ފާޙާނާއާއި، ރޭމްޕަކާއި، ސްޓްރެޗަރ އާއި ފުރޮޅުލީ ގޮނޑި ބަހައްޓާނެ ޖާގަ މި ފެރީތަކުގައި ހުންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ 1 ވަނަ ފިޔަވަހީގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި މި މަޝްރޫޢުގެ 2 އަދި 3 ވަނަ ފިޔަވަހީގައި ހިމެނޭ 17 އަތޮޅަށް ޚިދުމަތް ދޭން ފެށުމާއިއެކު މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ.

މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑުކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްސަދަކީ ރައްޔިތުންގެ އިތުބާރުއޮތް ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ