މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޗާޕްކޮށްފައިވާ 100 ރުފިޔާގެ ނޫޓު މި މަހުގެ 19 ވަނަ ދުވަހު ތަޢާރަފުކުރުމަށް ނިންމައިފިއެވެ.
މި އައު ނޫޓުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި، ރުފިޔާގެ ނިޝާން ނޫޓުގެ ދެފަރާތުގައި ހިމަނާފައި ވާއިރު ނޫޓުގައި ސޮއި ކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް އެވެ.
އައު ނޫޓުގެ މީލާދީ ތާރީޚް އަކީ 7 ޖުލައި 2024 އެވެ. ހިޖުރީ ތާރީޚް އަކީ 1 މުހައްރަމް 1446 އެވެ. މިއީ ރުފިޔާގެ ނިޝާން ތަޢާރަފުކުރި ފަހުން، އެ ނިޝާނާއެކު ނެރޭ ފުރަތަމަ ދިވެހި ރުފިޔާގެ ނޫޓުކަން ފާހަގަކޮށްލެވެއެވެ.
މި އާ ނޫޓުތަކާއެކު ކުރީގެ ނޫޓުތައް ވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ.