ޓީމް ހަނިމާދޫ އަންހެންޓީމް ދެވަނަ މެޗުން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.
ހދ.އަދޮޅު ވޮލީ މުބާރާތުގައި މިއަދު ޓީމް ހަނިމާދޫ ކަނބަލުން އަދި ނޮޅިވަރަމް ސީއާރުސީ ބައްދަލު ކުރި މެޗު ހަނިމާދޫން ކަމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.
ފުރަތަމަ ސެޓް 25-21 ހަނިމާދޫ ޓީމް ކާމިޔާބުކުރިއިރު ދެވަނަ ސެޓް ކާމިޔާބުކުރީ 25-17 އިނެވެ. ތިންވަނަ ސެޓް ފަސޭހަކަމާއެކު ހަނިމާދޫ ކަމިޔާބުކުރީ 25-10 ނެވެ.
މިމެޗުގެ މޮޅުކުޅުންތެރިޔަކީ ހަނިމާދޫ ޓީމް ޖޯޒީ ނަންބަރު 6 އައިސަތު އާދަމްއެވެ.
ދެން ހަނިމާދޫ ޓީމް މެޗެއް ކުޅޭނީ 17 ވަނަ ދުވަހު ހަވީރު ނޭކުރަންދޫއާ ދެކޮޅަށެވެ.
އަންހެން ޑިވިޝަން ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ލައިކަން (ނޮޅިވަރަންފަރު)، ޓީމް ހަނިމާދޫގެ އިތުރުން ޓީމް ނޭކުރަންދޫއާއި ނޮޅިވަރަމް ސީއާރުސީއެވެ. ގްރޫޕް ބީގައި ހިމެނެނީ 3 ޓީމެވެ. އެއީ ޓީމް ހިރިމަރަދޫއާއި ނައިވާދޫގެ އިތުރުން ފިނޭއެވެ.


