ޝަރަފުވެރިކަމުގެ މި އަހަރުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ފަރާތަކަށް ސަރުކާރުން ރޭ އަރުވައިފި އެވެ.
ގައުމީ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަށް އިނާމު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިންނާއި ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިންނާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާ އާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިންނެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުން:
- ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިފެންމާގޭ (ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ)
- މުހައްމަދު ޝާހިދު ހަލީމް، މ. ޑައިމަންޑްވެލީ (ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ)
- ގދ. ތިނަދޫ، އަބްދުﷲ އާރޫޒު (ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ)
- އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހ. ރަންރިބުދޫ (ސިއްހީ ދާއިރާ)
- ޑރ. މުހައްމަދު އަންވަރު، ސ. މީދޫ ހަސަންކާރިގޭ (ތައުލީމީ ދާއިރާ)
- މުހައްމަދު ޒާހިރު (މީމުޒަވިޔަނި) މއ. ކިނާރާހައުސް (ތިމާވެށްޓާއި ހަކަތައިގެ ދާއިރާ)
- ޒަރީނާ އަހުމަދު ދީދީ، ސ. ފޭދޫ ކުމުންޒާނިގޭ ( އިޖުތިމާއީ ހިދުމަތުގެ ދާއިރާ)
- އަހުމަދު އަލިމަނިކު، ގ. ވިޔަވަތި (އިޖުތިމާއީ ޚިދުމަތުގެ ދާއިރާ)
- މުހައްމަދު ސޯލިހް (ޑިމްސް ސޯލިހު) މ، ޝުއާޒް (ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ)
- އާބިދާ އިސްމާއިލް އަލީ މ. ކަނޑޫކުރި (މަސައްކަތްތެރިކަމުގެ ދާއިރާ)
ރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 19 ބޭފުޅުންނާއި، 3 ފަރާތަކީ:
- ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ މުޙައްމަދު ވަޙީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އައްޝައިޚް އިލްޔާސް ޙުސައިން، ސިޕަރ، ސ. ހިތަދޫ
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ
- ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ
- ތަޢުލީމީ ދާއިރާއިން؛ ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ނަޞީރު، ހ. ވުޑްލޭންޑް
- ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
- ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމުގެ ރޮނގުން: އަލްފާޟިލާ ޢާއިޝަތު ޒަޢީމާ، ހުސްނޫވިލާ، މ. މުލައް
- ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ
- ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197)
- ފަތުރުވެރިކަމުގެ ދާއިރާއިން: ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށާއި، ދިވެހީން އަހުލުވެރި ކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލާ މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ
- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމުގެ (ވޮލަންޓިއަރިޒަމް) ރޮނގުން: އަލްފާޟިލް ޢަބްދުﷲ ޢަލީ، ރަބީޢުގެ، ށ. ފުނަދޫ
- އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ލޭ ހަދިޔާކުރުމުގެ ރޮނގުން: އަލްފާޟިލް ޢަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު
- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން؛ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: މުނި އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
- ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ވިޔަފާރީގެ ގޮތުގައި އެކިއެކި މަސައްކަތްކުރުމުގެ ރޮނގުން: އަލްފާޟިލް ޢަދީލް އިސްމާޢީލް، މ. ސަންބީމް
- މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: އަލްފާޟިލާ ޖޫދީ ޚާލިދު، ހ. ވަޅުފެހި
- ޑައިވިންގގެ ދާއިރާއިން؛ ރިކްރިއޭޝަނަލް ޑައިވިންގގެ ރޮނގުން: އަލްފާޟިލް ފަހުދު ފާއިޒް، މ. ގްލެންވިލާ
- ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ ދިވެހީން ބިނާކޮށް އެމީހުން މަސައްކަތަށް ނެރުމުގެ ރޮނގުން: އަލްފާޟިލާ ޢާއިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ
- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ޒިންމާދާރު ނޫސްވެރިކަންކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޙަމްދޫން، އަތިރީގެ، ސ. ހުޅުދޫ
- ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުން: ސާރޖަންޓް މޭޖަރ އިސްމާޢީލް މާދީ، މއ. ބެލްޖިއަމްގެ
- ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން: އަލްފާޟިލް މުޙައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް
- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން: ޑީ ޓިއުން ބޭންޑް
- ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: އަލްފާޟިލް ޙަސަން ފަރުޙާން މުޙައްމަދު، މ. މިޓްރީޕާރކް
ގައުމީ އިނާމު ދޭނެ ބޭފުޅުން ކަނޑައަޅަނީ ރައީސް އުފައްދަވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.