ހދ. އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ހޯދައިފި

ކުޅިވަރު ފަހުގެ

ހދ. އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ހޯދައިފިއެވެ.

ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗްގައި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާރޒީ ނަންބަރު 5 ޙުސައިން ޢަލީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފިރިހެން ޑިވިޜަންގެ ރަނަރަޕް ޓީމަކީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ.

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅިންތެރިންނަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 6 ޢަލީ ޢާމިރާއި، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 12 ޢަލީ ހުޒާމާއި، ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާރޒީ ނަންބަރު 11 އަޝްފާޤު އާދަމާއި، ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާރޒީ ނަންބަރު 9 އަމްދާން ޢަލީއާއި، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 1 އަޙްމަދު ސައިފުﷲ އަދި ޓީމު ހަނިމާދޫގެ ޖާރޒީ ނަންބަރު 16 ޞާދިޤު މޫސާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ކޯޗު ޢަލީ ރަޝީދެވެ. ފެއާރޕްލޭ ޓީމަކީ ޓީމު ހިރިމަރަދޫއެވެ.

މި މުބާރާތަކީ ހދ. އަތޮޅުގެ ކައުންސިލް ތަކާއި، ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގައި 7 ޓީމު އަދި ފިރިހެން ޑިވިޜަންގައި 7 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2022 އޮކްޓޫބަރ 10 ން 22 ގެ ނިޔަލަށް ހދ. ނޮޅިވަރަންފަރުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ