ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާ އިމްތިހާނު ބާއްވައިފި

ޚަބަރު ފަހުގެ

ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނު ފުރަތަމަ ފަހަރަށް މާލެ އަދި އައްޑޫ ސިޓީގައި މިއަދު ބާއްވައިފިއެވެ.

ބާ ކައުންސިލުން ބުނީ މިއަދު ބޭއްވި އިމްތިހާނުގައި ޖުމްލަ 176 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ އިމްތިހާނުގައި ބައިވެރިވުމަށް ރެޖިސްޓާ ވި މީހުންގެ 98.3 އިންސައްތައެވެ.

އިޝްތިހާރު
އިޝްތިހާރު

ފީއެއްގެ ގޮތުގައި 6،500 ރުފިޔާ ނަގައިގެން ބޭއްވި އެ އިމްތިހާންގެ ސުވާލުތައް ތައްޔާރުކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުންނެވެ. ޖުމްލަ 120 ސުވާލު ހިމަނާފައިވާ އެ އިމްތިހާނުގައި ރާއްޖޭގެ ގާނޫނީ ނިޒާމް އެނގޭ މިންވަރު ވެސް ބަލާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ