ކުނި މެނޭޖުކުރާ މަރުކަޒު ތިން ރަށެއްގައި ގާއިމްކުރަނީ

ޚަބަރު ފަހުގެ

ކުނި މެނޭޖްކުރާ މަރުކަޒު 3 ރަށެއްގައި ގާއިމް ކުރުމުގެ މަސައްކަތް ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.

ކުނި މެނޭޖްކުރާ މަރުކަޒު ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ މ މުލައް، ތ ކިނބިދޫ އަދި ލ ދަނބިދޫއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ޒޯން 2 4 އަދި 5 ގައި ތަންފީޒްކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.

ކުނި މެނޭޖްކުރުމުގެ މަރުކަޒު ގާއިމް ކުރުމަށް ޖުމްލަ 11.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މ މުލަކުގެ މަރުކަޒަށް 3.9 މިލިއަން ރުފިޔާ، ތ ކިނބިދޫ މަރުކަޒަށް 3.4 މިލިއަން ރުފިޔާ އަދި ލ ދަނބިދޫ މަރުކަޒަށް 4.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ފަށާ ތާރީހުން ފެށިގެން 180 ދުވަސް (06 މަސް ) ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުތައް ނިމުމުން މ ދިއްގަރު ކުންޏައި ވަސީލަށް މެނޭޖްކުރަ މަރުކަޒުގައި ކުނިވަކިކޮށް އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް އަދި ނައްތާނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖްކުރާ މަޒުކަޒަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ،

ރަށު ފެންވަރުގައި މިފަދަ މަރުކަޒެއް ގާއިމްވެގެން ދާނީ ސިއްހަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބުމުގެ އިތުރުން އިގްތިސާދަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުނި މެނޭޖްކުރުމަށް އަލަށް ހަދާ މަރުކަޒުތަކުގައި އޮފީސް ޖާގައާއި ފާހާނާ އާއި ސްޓޯރޭޖް އާއި ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގައިގެ އިތުރުން ނުރައްކާތެރި ކުނި ވަކިން ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ