ރިޔާސީ ބަޔާނަކަށް ޖަވާބެއް ނުދޭނަން : މައިނޯރިޓީ ލީޑަރު

ފަހުގެ ސިޔާސީ

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިދައުރަށް މަޖިލީސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނަންތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

” އަޅުގަނޑު މިއައީ ފެށުނީއްސުރެ ދޭ ހުރިހާ ރިޔާސީ ބަޔާނަކަށް ޖަވާބު ދެމުން. އެހެންނަމަވެސް އެ ވިދާޅުވިފަދައިން އެއީ ރައީސްކަމަށް އަޅުގަނޑުމެން ޤަބޫލުނުކުރަނީ. އެހެންވީމަ އެނުކުރާ ޙާލަތުގައި އަޅުގަނޑަކަށް ނުފެނޭ އެބަޔާނަށް އަޅުގަނޑުމެން ޖަވާބުދޭންޖެހޭނެކަމަކަށް” ނޫސްވެރިންގެ ސުވާލަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމް މިހެން ވިދާޅުވެފައިވާއިރު ކޮންމެ އަހަރަކަށް މަޖިލީސް ހުޅުވުމަށް އިއްވާ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ޙާލަތު ބަޔާންކުރައްވާ އަދި ކުރިމަގުގައި ޤައުމުގެ ތަރައްޤީއާއި ފާގަތިކަމަށް ކުރައްވަން ނިންމަވާ ކަންކަން ޢިއުލާންކުރައްވާ ކަންކަމާއިގުޅޭގޮތުން އިދިކޮޅުން ދެކޭގޮތާއި އެއަށް ޖަވާބުދިނުމަކީ ޤާނޫނީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކުރައްވަން ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމެކެވެ.

އެހެންނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު މިއަހަރުގެ ރިޔާސީ ބަޔާން އިއްވި ގަޑީގައި އިދިކޮޅު ގިނަ މެމްބަރުން ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމުން ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ