މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

ޚަބަރު ފަހުގެ

ސްޓެލްކޯއިން އއ. މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފިއެވެ.

ސްޓެލްކޯއިން މާޅޮހަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދާއިރު، މި ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި 300 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ސެޓެއް އެރަށަށް ފޮނުވާފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޓެލްކޯއިން ބުނީ މިހާރު ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ބޭނުންކުރަން ފަށާފައިވާކަމަށެވެ.

މިއާއެކު މާޅޮހުގެ ކަރަންޓު ކެޕޭސިޓީ 679 ކިލޯވޮޓުން 816 ކިލޯވޮޓަށް އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ