ޝައްވާލުމަހުގެ ހަ ރޯދަ

ފަހުގެ ދީން

الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين

ރަމަޟާން މަހުގެ ރޯދައަށްފަހު ޝައްވާލު މަހުގެ 6 ރޯދަ ހިފުމަކީ ވަރަށް މުހިންމުކަމެކެވެ. ހެޔޮކަންކަންމަތީ ދެމިހުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އާޚިރަތް ބާއްޖަވެރިކޮށް، އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ. އަދި ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ ހިއްތައް ސާފުކޮށްލާ މާތް މުހިއްމު އަޅުކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފުމަކީ ހެޔޮޢަމަލުގެ ތިލަފަތް ބަރުކޮށްލަން ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެކެވެ. ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. (مَنْ صَامَ رَمَضانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كانَ كصِيَامِ الدَّهْرِ) رواهُ مُسْلِمٌ
މާނައީ:”ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.”

ޝައްވާލު މަހުގެ ހަރޯދަ ހިފުމުގައި ޝައްވާލުމަހުގެ ތެރޭގައި އެއްފަހަރާ ވިދިވިދިގެން ނުވަތަ ތަފާތު ދުވަސްތަކުގެ މަތީންވެސް ހަ ރޯދަ ހިފާ ފުރިހަމަކުރެވިދާނެެއެވެ. ނަމަވެސް މި ހަރޯދަ ހިފުމުގައި މޮޅު އިތުރުވެގެންވަނީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ޝައްވާލުމަހު އިތުރު ހަ ދުވަހު ރޯދަ ހިފުމުން ތިރީސް ހަ ދުވަހު ރޯދަ ހިފުނީއެވެ. ކޮންމެ ރޯދަ އަކީ ދިހަ ހެޔޮކަމެވެ. އެހެންކަމުން އޭނާއަށް ތިންސަތޭކަ ފަަސްދޮޅަސް ހެޔޮކަން ލިބޭނެއެވެ. އެއީ މުޅި އަހަރުގެ ދުވަސްތަކާ އެއްވަރު ޢަދަދެކެވެ. މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމައާއި ޘަވާބު ލިބޭ ބަޔަކު ކަމުގައި އަޅަމެން ލައްވާދޭވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ