ހުކުރު ދުވަހުގައި ޢީދު ނަމާދުކޮށްފިމީހާ ހުކުރު ނަމާދަށް ޙާޟިރުވުން

ފަހުގެ ދީން

ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ އެދުވަހު ހުކުރު ނަމާދުކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެދުވަހު ހުކުރު ކުރުން އެންމެންގެ މައްޗަށް ވާޖިބުވެގެންވޭ ހެއްޔެވެ؟ ނުވަތަ ކޮންމެވެސް ބަޔަކު ހުކުރު ކުރުމުން ފުދޭނެ ހެއްޔެވެ؟ އެހެނީ ބައެއް މީހުން ޤަބޫލުކުރާގޮތުގައި ޢީދުދުވަސް ހުކުރަކާ ދިމާވެއްޖެނަމަ އެދުވަހު ހުކުރު ކުރާކަށް ނުޖެހޭނެއެވެ.

ޖަވާބު: ވާޖިބުވެގެންވަނީ މިސްކިތުގެ އިމާމާއި ޚުޠުބާދޭމީހާ އެދުވަހު މިސްކިތަށް ޙާޟިރުވެ، ހުކުރުދުވަހު ހުކުރު ނަމާދު ޤާއިމުކުރުމަށެވެ. އެގޮތުން ޖަމާޢަތަށް ޙާޟިރުވި ބަޔަކާއެކު ހުކުރު ކުރަން ޖެހޭނެއެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ ﷺ ގެ ޒަމާނުގައިވެސް އެކަލޭގެފާނުވަނީ ޢީދުދުވަސް ހުކުރަކަށްވެއްޖެނަމަ އެދެނަމާދުވެސް ކުރައްވާފައެވެ. އެދުވަހު ހުކުރުނަމާދުގައިވެސް އަދި ޢީދުނަމާދުގައިވެސް އެކަލޭގެފާނުވަނީ سورة الأعلى އާއި سورة الغاشية ކިޔުއްވާފައެވެ. އެގޮތުން ޞައްޙަ ޙަދީޘް ފޮތްތަކުގައި ނުޢުމާނު ބިން ބަޝީރުގެ އަރިހުން އެފަދައިން ރިވާވެގެން އައިސްފައިވެއެވެ. [صحيح مسلم]

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެދުވަހު ޢީދު ނަމާދަށް ޙާޟިރުވެއްޖެމީހަކު ހުކުރުނަމާދު ދޫކޮށްލުމަކީ ހުއްދަކަމެކެވެ. އެޙާލަތުގައި ގޭގައި ނުވަތަ އޭނާއާއެކު ތިބި ބަޔަކާއެކު މެންދުރުނަމާދު ކުރަންޖެހޭނެއެވެ.

އެފަދަމީހަކަށްވެސް (އެބަހީ: ޢީދުނަމާދަށް ޙާޟިރުވި މީހަކަށްވެސް) މޮޅުއިތުރު ފުރިހަމަ ގޮތަކީ އެދުވަހުގެ ހުކުރު ނަމާދަށްވެސް ޙާޟިރުވުމެވެ.

މަސްދަރު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ