2021/22 ވަނައަހަރު ހަނިމާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުމަދު މާޒިން ހޮވިއްޖެ

ހަނިމާދޫ ރިޕޯޓް ފަހުގެ

2021/22 ވަނައަހަރު ހަނިމާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހދ ހަނިމާދޫ، ޒަމީން، އަހުމަދު މާޒިން ހޮވިއްޖެއެވެ.

މާޒިން މިމަގާމަށް ހޮވުނުކަން ދާދި ދެންމެ އިއުލާންކޮށް އޭނާ އެމަގާމަށް ހޮވިފައިވާތީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ އިނާމް އަދި މިނިސްޓްރީ އޮފް އެެޑިއުކޭޝަނުން ހުށައަޅުވާފައިވާ ޓްރޮފީ އާއި ސޭޝް އަދި ވިގަރަ ޕްރައިވެޓް ލިމިޓެޑުން ދެއްވާ އިނާމް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ދެއްވާ އަންވަރު ޢަބްދުއްރަޙްމާން އެވޯޑް، ހަނިމާދޫ ކައުންސިލް، ހަނިމާދޫ ޕޮލިސް ސްޓޭޝަން، ހަނިމާދޫ ދާއިރާގެ މެންބަރު ދެއްވާ އިނާމް ހަވާލު ކޮށްދެއްވީ ޖަލުސާގެ ޝަރަފްވެރި މެހެމާން ހއ.އަތޮޅު ތަޢުލީމި މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ނަހިދުއެވެ.

އިޝްތިހާރު
އިޝްތިހާރު

މާޒިން މިމަގާމަށް ހޮވުނުއިރު އޭނާ ވަނީ އޯ ލެވެލް އިމްތިހާނުން 1 އޭ ޕުލަސް އަދި 4 އޭ ހޯދާފައެވެ. އަދި 2021/22 ވަނަ އަހަރު ސްކޫލް ކެޕްޓަންކަންވެސް އަދާކޮށްފައެވެ.

މާޒިންގެ ތައުލީމީ ހަޔާތަށް ނަޒަރެއް

2005 ވަނަ އަހަރު އޮގަސްޓު 6 ވަނަ ދުވަހު ދުނިއަށް ނެވާލި މާޒިންގެ ފުރަތަމަ އެދުރުންނަކީ އޭނާގެ މަންމަ އައިމިނަތު ހުސެން އަދި ބައްޕަ މުހައްމަދު އަބްދުﷲ އެވެ.

އަދި އޭނާގެ ޅަފަތުގެ ތައުލީމީ ބިންގާ އަޅާފައިވަނީ ހދ.ހަނިމާދޫ ސައާދާ ޕްރީސުކޫލުންނެވެ. ފަށާ ތައުލީމާއި މެދުމަދަރުސީ ތައުލީމު އަދި ސާނަވީ ތައުލީމު ހާސިލްކޮށްފައިވަނީ ހަނިމާދޫ ސްކޫލުންނެވެ.

މާޒީންއަކީ އޭނާއަށް ތައުލީމު ފޯރުކޮށް ދެއްވި ހުރިހާ މުރައްބީންނަށް އިޙްތިރާމް ކުރުމުގެ ނަމޫނާ ދަރިވަރެކެވެ. އަދި ސުކޫލު އިތުރު ހަރަކާތްތަކުގައި އޭނާ ވަނީ ގިނަގުނަ ކާމިޔާބީތައް ހޯދަފައެވެ.

މާޒިން ހަނިމާދޫ ސްކޫލްގައި ފުރި މަގާމުތަކަށް ބަލާއިރު، ސީނިޔާ ޕްރިފެކްޓްކަން، 2019 ވަނަ އަހަރު ލިޓްްރަސީ ކުލަބުގެ ވައިސް ޕްރެޒިޑެންޓް ކަމާއި، 2020 ވަނަ އަހަރު ސްކޫލް ވައިސް ކެޕްޓަންކަމާއި، 2021/22 ވަނަ އަހަރު ސްްކޫލުގެ ކެޕްޓްކަން ކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ