ހަނިމާދޫ ޑަބްލިއު،ޑީ،ސީން އިސްނަގައިގެން އެރަށުގައި ޖަނާޒާ ކޯހެއް ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޑަބްލިއު،ޑީ،ސީން އިސްނަގައިގެން އެރަށުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. މި ކޯސް ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މި ޖަނާޒާ ކޯސް ކުރިއަށް ގެންދަނީ ދާރުލް ޤުރުއާން ވަަސުންނާ އާއި ހަނިމާދޫ ޑަބްލިއު،ޑީ،ސީ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޯހުގައި ކިޔަވައިދެނީ މިފަދަ އެތަށް ކޯހެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޢަބްދުއް ލަތީފް އަހްމަދާއި ޢަބްދު ﷲ ނަސީރެވެ.

” މިއީ 49 ވަނަ ބެޖް އަޅުގަނޑުމެން ހިންގާ، ހދ ގެ 3 ވަނަ ރަށް މީ، މީގެކުރިން ކުޅުދުއްފުށި، ނޮޅިވަރަންފަރުގައި ވާނެ މީގެ ކޯސް ކުރިއަށް ގެންގޮސްފަ، ލެވަލް 2 އަކާ ހަމައަށް އަޅުގަނޑުމެން ކިޔަވައިދެން” ޢަބްދުއް ލަތީފް

ކޯހާ ގުޅޭގޮތުން މައުލޫމަތު ދެއްވަމުން ހަނިމާދޫ ޑަބްލިއު،ޑީ،ސީގެ ރައީސާ އައިޝަތު ޝިއުނީ ވިދާޅުވީ ވިއްސައްވުރެއް ގިނަ ބައިވެރިންނާއެކު ބުރާސްފަތި ދުވަހު ފެށިގެންދިޔަ ޖަނާޒާ ލެވެލް 1، މުޅި ކޯސް ސްޕޮންސަރކޮށްފައި މިވަނީ ޑަބްލިއު،ޑީ،ސީގެ ފަރާތުންކަމަށެވެ.

މިއީ މިފަދަ ކޯހެއް ހަނިމާދޫގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ