ރައީސް ނޫމަރާއަށް ވަޑައިގަތް ވަގުތު ޕީީޕީއެމް އިން މުޒާހަރާ ކޮށްފި

ޚަބަރު ފަހުގެ

އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިއަދު ށ. އަތޮޅާށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހަވީރު ށ. ނޫމަރާއަށް އެމަނިކުފަނު ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް އިން މުޒާހަރާ ކޮށްފި އެވެ.

ނޫމަރާގައި ޕީޕީއެމް އިން ކުރިއަށް ގެންދިޔަ މުޒާހަރަގައި އެރަށުގެ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުން ބައިވެރިވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޞަލިހު މިއަދު ވަނީ އެމަނިކުފަނުގެ ކެމްޕެއިން ފެށުމަށް ށ. އަތޮޅަށް ވަޑައިގެންފަ އެވެ. ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހަވީރު ނޫމަރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހާބާ ކިޔުމަށް ގިނަ ބަޔަކު ނިކުމެފައިވެ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ވަނީ ރައީސް އެރަށަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.

އެމީހުން މުޒަހަރާ ކުރަމުން ދިޔައީ ރަށުގެ ބަދަރާ ކައިރީގަ އެވެ. އެހެން ނަމަވެސް ރައީސް ޞާލިހު ހުންނެވި ހިސަބަށް ނުދެވޭނެހެން ފުލުހުން ވަނީ މަގު ބަންދު ކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ