ހަނިމާދޫގެ މަގުތައް ޒަމާނީ ވީއިރު ޕޭމަންޓްގައި “ފެހިދޫލަ” އަޅާފައި!

ހަނިމާދޫ ކޮލަމް ފަހުގެ

ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމާލާ މަގުތަކުގެ ޕޭމަންޓް މަތީގައި “ފެހިދޫލަ” އަޅައިފިއެވެ.

ފަހަރުގައިވެސް މިދައްކަން އުޅެނީ މެހެމާންދާރީ އަދާކުރަން އަޅާ އުޅޭ ދޫލައިގެ ވާހަކައެއް ނޫނެވެ. މިދައްކަން އުޅެނީ މަގުތަކުގައި ހިނގަން ހަދާފައިވާ ޕޭމަންޓްތައް ވިނައާއި ގަސްތަކުން ނިވާވެފައިވާ ވާހަކައެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަންޒަރު ފެންނަން މިހާރުވެސް އެހުރީއެވެ. ރަންވޭ މަގު، ކާނޭޝަން މަގު، އަދި އަސްކަރީ ހިނގުމަށް ނަޒަރު ހިންގާލުމުން ފެންނާން ހުންނާނެއެވެ.

ރަންވޭ މަގުގެ އުތުރު ފަރާތުގެ ހުޅަނގު ފަރާތުގައި ހުރި މަގުމަތީ ނިޝާންތައް ފެންނާކަށް ނެތެވެ. ޖަހާފައި ހުރި މަގު ބައްތީގެ އުސްމިނަށް ގަސް ހުރީ ބޯވެފައެވެ. އެމަގުގެ އިރުމަތީ ފަރާތު ޕޭމަންޓް މަތީގައި އޮތީ ދަނޑު ބިން ހައްދާފައެވެ.

ދެން ކާނޭޝަން މަގަށް ޖެހިލާން ހިނގާށެވެ. އެތަނުގައި މަގު މެދުގައި ހަދާފައިވާ ޑިވައިޑާގައި ހުރީ “ބިންބި” އިންދާފައެވެ. އަދި އެމަގުގައި ދެކުނު ޕޭމަންޓު މަތީ ހިނގެން ނެތްއިރު ކަރަންޓް ބޯޑުތައްވެސް ވަނީ ވިނައިން ފޮރުވެން ފަށާފައެވެ. އަސްކަރީ ހިނގުމުގައި ވެސް ޕޭމަންޓް އޮތީ “ބިންބިއާއި ކުދި ބަތް” ހައްދާފައެވެ.

އުތުރުގެ އެންމެ ގިނަ އާމްދަނީ ލިބޭ އަދި އެންމެ ބާރަށް ކުރިއަރާ ކައުންސިލްކަމަށް ދައުވާ ކުރާއިރު މަގުތައް ސާފު ކޮށްލާނެ ވަރު ނެތީހެއްޔެވެ؟ ނުވަތަ މިއީ ތަރައްގީގައި ތިމާވެއްޓާ ރަށްޓެހި ކަމަށް ދައްކަން ގަސްތުގައި ހައްދާފައިވާ ގޮތެއް ހެއްޔެވެ؟

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ