ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ފިޔަވަހީގައި މާލީ އެހީތެރިކަން ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ އޮގަސްޓް މަހުގެ 10ގެ 23:59 އާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން މިހައިތަނަށް 90 ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ދީފައި ވެ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނެ އެވެ.

ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް ހިންގާ ޕްރޮޖެކްޓު ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލަކަށް 50،000ރ. އާ ހަމަޔަށް އެހީ ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.

ބީއެމްއެލް އިން ބުނީ އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުން މާލީ އެހީ ދޭނެ ކަމަށެވެ. މި ފިޔަވަހީގައި އެހީދޭނީ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ހުށަހެޅުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ