ސަރުކާރު މެންބަރުން ހޮވުމަކީ އެންމެ ފައިދާވާނެ ގޮތް – ރައީސް

ޚަބަރު ފަހުގެ

ސަރުކާރު މެންބަރުން ހޮވުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަށަފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު މެންބަރުން ހޮވުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑު ކަމަށާއި އަދި މަޖިލީހުގެ އެހީތެރިކަން ލިބުމާއި ނުލިބުމަކީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް ކަމަށެވެ.

“ރައްޔިތުންނަށް އޭގަ ކުރިއެރުމާ ކުރިއެރުން ނުލިބުމާ ބިނާވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން ކަންކަން ނިންމާގޮތަކަށް.” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ސަރުކާރުގެ ވިސްނުމުގައި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކޮށްދޭނެ މެންބަރުންތަކެއް ހޮވުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ކަމަށާއި އެކަމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅަކީ ހަ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޒިޔާރާތް ކުރައްވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް މުއިއްޒު މިދިޔަ ހަފުތާގައިވަނީ އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޒިޔާރާތްކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ