އެމްއައިބީގެ ބިޒްނަސް ސެންޓަރެއް ހުޅުވައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ބިޒްނަސް ސެންޓަރ ހުޅުވައިފިއެވެ.

ހ. މެރިން ޑްރީމްގައި ހުންނަ އެމްއައިބީގެ ބިޒްނަސް ސެންޓަރ ހުޅުއްވައިދެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމްއައިބީގެ ޗީފް އެގްޒެކްޓިވް އޮފިސަރ މުފައްދަލް އިދްރީސްއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއައިބީން ހުޅުވި ބިޒްނަސް ސެންޓަރުގައި ބިޒްނަސް ލައުންޖަކާއި، ކާޑް ކަލެކްޝަން ސެންޓަރުގެ ޚިދުމަތާއި އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ. މިތަނުގައި ޑޮލަރު ނެގޭނެ އޭޓީއެމްއެއްވެސް ވަނީ ބަހައްޓާފައެވެ.

އެމްއައިބީން ބުނީ އެ ސެންޓަރުން ކަސްޓަމަރުންނާއި ވީހާވެސް ގާތުން، އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެމްއައިބީގެ ބާޒާރު ސަރވިސް ސެންޓަރުން ދެމުންދާ ހިދުމަތްތައްވެސް މިހާރު އަލަށް ހުޅުވި ބިޒްނަސް ސެންޓަރަށް ބަދަލުކޮށްފައިވާކަމަށް އެމްއައިބީން ބުނެއެވެ.

ބިޒްނަސް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ ފަރާތުން ރައީސް މައުމޫނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ