ރައީސްއަށްވުރެ ކުފޫ ހަމަވާ ކެންޑިޑޭޓެއް ނެތް: އިމްރާން

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް ކުފޫ ހަމަވާ ކެންޑިޑޭޓެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ މ. ދިއްގަރުގައި ކުރިއަށްދިޔަ “އުފާވެރި އަމާން ރާއްޖެ” ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިމްރާން ވިދާޅުވީ މިހާތަނަށް ގިނަ ބަޔަކާއެކު އެމަނިކުފާނަށް މަސައްކަތްކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރައީސުން ވެސް ހިމެނިވަޑައިގަންނަވާއިރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް ރައްޔިތުންނަށްޓަކައި ހެޔޮ އެދިވަޑައިގެން އިޚްލާސްތެރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރެއްވި ބޭފުޅެއް ފެނިވަޑައިނުގަންނަވާކަމަށް އިމްރާން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ