ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް ރައީސް ޞާލިހް ހުޅުއްވައިދެއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް ހުޅުއްވައި ދެއްވައިފިއެވެ.

އެތަންތަން ހުޅުއްވައި ދެއްވީ ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރިން ތުރާކުނަށް ވަޑައިގަތުމަށް ފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ތުރާކުނު ފުޓުބޯޅަ ދަނޑަކީ ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. އެ މަސައްކަތަކީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރާކުނުގައި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު ”އުތުރުވެހި“ ވެސް ހުޅުއްވައި ދެއްވާފައެވެ.

ހއ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރިޔާސީ އިންތިހާބު ކެންޕޭނަށް 2 ދުވަހުގެ މުށްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ