އައްޑޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ޚަބަރު ފަހުގެ

އައްޑޫ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމުހޫއްރީޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީކޮށް ފަށްޓަވައި ދެއްވައިފިއެވެ.

ހިތަދޫގެ ކުރީގެ ޕޮލިސް ޓްރެއިނިންގް ސްކޫލު ހުރި ބިމުގައި ތަރައްޤީ ކުރާ އިސްލާމީ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވުމަށް ބޭއްވި ރަސްމީއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ޢަލީ އާއި، އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އައްޑޫ އިސްލާމީ މަރުކަޒަކީ 55.52 މިލިއަންގެ މަޝްރޫޢުއެކެވެ. ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ފިޑޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ