ރައީސް އާއި ސިޔާމް އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުއްވައިދެއްވައިފި

ފަހުގެ ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުއްވައިދެއްވައިފިއެވެ.

ފުވައްމުލަކު ސިޓީ، ފުނާޑު އަވަށުގައި ހުންނަ މި ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެ މަނިކުފާނުގެ އަރިހުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ފަހު، ސެންޓަރުގައި ކުރިއަށް ދިޔައީ ދިދަ ނެގުމުގެ ހަރަކާތެވެ. އެ ހަރަކާތަށް ފަހު ރައީސް ވަނީ އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ފޮތުގައި ސޮއިކުރައްވައިފައެވެ.

ރައީސް މި ސެންޓަރު ހުޅުއްވައިދެއްވާފައިވާއިރު އަދަލާތު ޕާޓީއާ އެމްޑީއޭއާއި އެމްޑީޕީ އެކުވުމުން، އިތުރު ބަޔަކަށް ކޯލިޝަން ހަދައިގެން، އެމީހުން ބަލިކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފް ވަނީ ވިދާޅުވެފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ