ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުންކޮށް، އީވާއަށް ބިރުދެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ އީވާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ 10:34ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ދަރިފުޅުގެ ފޮޓޯ ބޭނުންކޮށް ބިރު ދައްކާ މައްސަލާގައި އީވާ ކުރެއްވި ޓްވީޓުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަރިހުން އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.