މަޑަވެލީގައި އެމްޑީޕީން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ހުޅުޖަހައިފި

ފަހުގެ ސިޔާސީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލައިފިއެވެ.

ރައީސްގެ ކެމްޕެއިންގައި ގއ އަދި ގދ ކުރައްވާ ދަތުރުފުޅު ފައްޓަވާނީ މިއަދު އެވެ. ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މަޑަވެއްޔަށެވެ. އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 09:00 ޖަހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެރަށުގައި ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ބަޔަކު ރޯކޮށްލާ އެތަނުގައި ހުރި ހުރިހާ އެއްޗަކަށް ވަނީ ގެއްލުންދީފައެވެ. އެ ތަނުގައި ބަޔަކު ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްކަމަށް އެނގިފައިވެއެވެ.

ފުލުހުން ވިދާޅުވީ އަލިފާން ނިންވާލީ އާއްމުންނާއި ފުލުހުން ގުޅިގެންކަމަށެވެ. މި މައްސަލަ ފުލުހުން ތަހުޤީގުކުރަމުން އަންނަކަމަށާއި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ