ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ކުޑަކުއްޖާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އައީ އުމުރުން 12 އަހަރުގެ އައިޝާ ބިން މަހްމޫދު ރިޔާޒް ނަމަކަށް ކިޔާ ދިވެހި ކުއްޖެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކުއްޖާގެ އާއިލާއިން މީޑިއާތަކަށް އޭރު މައުލޫމާތު ދިން ގޮތުގައި އައިޝާ ހޯދަންފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަގޮތަށް ޚަބަރެއް ނުވެގެންނެވެ.

މައްސަލައާ ގުޅިގެން ފުލުހުންބުނީ ކުއްޖަކު ގެއްލިގެން އުޅޭކަން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށާއި މިހާރު ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ފުލުހުން މެންދުރު ކުރި ޓުވިޓެއްގައިވަނީ މިއަދު މެންދުރު 01:44 އެހާކަށް ހާއިރު މާލެއިން ކުއްޖާ ފެނިފައިވާކަަމަށާއި އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ބުނެ މައުލޫމާތުދީފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ