ކުޅުދުއްފުއްޓަށް މުއިއްޒުގެ ގިނަ ވައުދުތަކެއް

ފަހުގެ ސިޔާސީ

ސަރުކާރުން ކުޅުދުއްފުށި ސިޓީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ކުޅުދުއްފުއްޓަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި ކުޅުދުއްފުށީގ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅައި އަދި ހަނި ގޯޅިތައް ގާ އަތުރައިގެން ހަދައި، މުޅި ސިޓީގެ މަގުތައް ޒަމާނީ ފެންވަރެއްގައި ހަދައިދެއްވާނެ ކަމަށާއި ހުރިހާ ބޮޑެތި ބަލިތަކަށް ފަރުވާ ދެވޭނެ ހޮސްޕިޓަލެއް ކުޅުފުއްދުށީގައި ގާއިމުކޮށް އެރަށުގެ ރައްޔިތުންނަށް އެތަނުން ވަޒީފާ ހަމަޖައްސައިދެއްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ޕްރައިމަރީ އަދި ޕްރިވެންޓިވް ހެލްތުކެއާ ގާއިމުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށީގައި ވެސް މާލޭ ދަމަނަވެށި ފަދަ ތަނެއް ގާއިމުކުރައްވައި 24 ގަޑިއިރު ހިދުމަތް ދެއްވާނެ ކަމަށާއި ކުޅުދުއްފުއްޓަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެފައެވެ.

މުއިއްޒު ވިދާޅުވީ ގޯއްޗެއް ދިނަސް އެތަނުގައި ގެދޮރު އެޅޭނެ ތަނަވަސްކަން ކޮންމެ މީހެއްގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ބޭންކަކުން އެފޯޑަބަލް ހައުސިން ލޯނު 5 ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ލިބޭނެ ގޮތް ހަދައިދެއްވަންވެސް ވައުދުވެ ވަޑައިގަތެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ