ށ.ޅައިމަގު އަދި ށ.ފުނަދޫއަށް 2021 ވަނައަހަރު ބަޖެޓްގައި ހިމެނިފައިވާ ޕުރޮޖެކްޓުތައް

ޚަބަރު ފަހުގެ

ސަރުކާރުން މިއަދު މަޖިލީހަށް ހުށައެޅި 2021 ވަނަ އަހަރުގެ ބަޖެޓްގައި ޅައިމަގުގައި މުޅިންއަލަށް އެއް ޕްރޮޖެކްޓް ހިންގާއިރު ފުނަދޫގައި 5 ޕްރޮޖެކްޓެއް ހިމަނާފައިވެއެވެ.

މިގޮތުން ޅައިމަގުގައި އަލަށް ފަށަނީ އެރަށު ސްކޫލް 6 ކްލާސްރޫމް އަދި ހޯލް އިމާރާތް ކުރުމެވެ. މި ޕްރޮޖެކްޓަށް 2،700،000 ރުފިޔާ ހަރަދު ވާނެކަމަށް ލަފާ ކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ޅައިމަގުގައި ހިމެނޭ ޕްރޮޖެކްޓް ތަކަކީ

  • ފުޓްސަލް ދަނޑު އެޅުން (ރިޓެންޝަން) 69،459 ރުފިޔާ
  • އެރަށު ބަނދަރު އަޕްގްރޭޑްކޮށް ގިރާސަރަހައްދު ހިމާޔަތްކުރުން ( އެވޯޑުކުރެވިފައި) 8،700،847 ރުފިޔާ
  • ޕްރޮވިސަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕޮރޮޖެކްޓް
  • 34 އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓް

ފުނަދޫގައި އަލަށް ފަށަން ހަމަހެހިފައިވާ 6 ޕްރޮޖެކްޓަކީ 2،250،000 ރުފިޔާ ހަރަދުކޮށްގެން އެރަށު ސްކޫލްގެ 6 ކްލާސްރޫމް އިމާރާތްކުރުން ހިމެނެއެވެ. މިގެއިތުރުން އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާއި، ވޮލީކޯޓް ތަރައްގީކުރުމާއި، ފެރީ ޓާރމިނަލް ހެދުމުގެ އިތުރުން ކުނިމެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުން ހިމެނެއެވެ.

އަލަށް ފަށަން ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓް ތަކުގެ ތަފްސީލް

  • ހޮސްފިޓަލް 2،250،000 ރުފިޔާ
  • ވޮލީ ކޯޓް 500،000 ރުފިޔާ
  • ފެރީ ޓާރމިނަލް 1،000،000 ރުފިޔާ
  • ކުނިމެނޭޖުކުރާ މަރުކަޒު

މީގެ އިތުރުން ފުނަދޫއި ހިމެނޭ ޕްރޮޖެކްޓް ތަކަކީ

  • ފުނަދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުން ( ހިނގަމުންދާ) 2،521،002 ރުފިޔާ
  • ފުނަދޫގައި އެއަރޕޯޓް ގާއިމުކުރުން (ބިން ހިއްކުމާއެކު) 16،687،876 ރުފިޔާ
  • ފުނަދޫ އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމުކުރުން (ހިނގަމުންދާ)
  • ކޮވިޑް ހެލްތް ފެސިލިޓީ އިމާރާތްކުރުން ( ރިޓެންޝަން) 629،478 ރުފިޔާ
  • މިސްކިތް އިމާރާތްކުރުން (ރިޓެންޝަން)
  • އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓް ( ޓެންޑަރިންގ)
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ