ދިރާސީ އާއަހަރާއި ބޮޑު ޗުއްޓީ ކުރިން އޮތްގޮތަށް ބަދަލުކުރާނަން: މުއިއްޒު

ސިޔާސީ ފަހުގެ

ކުރީގައި އޮތް ގޮތަށް ދިރާސީ އާ އަހަރާއި ބޮޑު ޗުއްޓީ ބަދަލުކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދުއަށް ވަޑައިގެން ރޭ އެރަށު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ގޮތަކަށް ރައްޔިތުންގެ އިހުސާސްތަކަށް ނުވިސްނާކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ވެސް މި ސަރުކާރުން ނުބަލާ ކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ ސްކޫލްތަކުގެ ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ވެސް އެ ގޮތަށް ކޮށްފައިވާ ކަމެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ބޮޑު ބަންދު އޮތީ ނުބައިކޮށޭ ބަަދަލުކޮށްފައި. އޭގައި އެބަ އޮތް އެއް ސަބަބު. ޓޫރިޒަމް ސެކްޓަރު މީހުންނަށް ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާނެ. އެ ބޭފުޅުންނަށް ވެސް ބޭރަށް ދެވެނީ އެއް ނޫން. މި ބަދަލަކީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލެއް ނޫން،” މުއިއްޒު ވިދާޅުވި އެވެ.

މިއާއެކު މުޢިއްޒު ވިދާޅުވީ ބޮޑުޗުއްޓީ ބަދަލުކުރުމަކީ އުނދަގޫވާނެކަމަކަށް ވާނެކަމަށާ އެހެންނަމަވެސް، ކަރިކިއުލަމްގެ އެ ނަގަން ޖެހޭ ފިލާވަޅުތައް ނަގައި ހަމަކޮށްގެން 2025ގެ ޖެނުއަރީން ފެށިގެން އަހަރުގެ ފަހުކޮޅަށް ބޮޑުޗުއްޓީ ބަދަލުކުރެވޭނެކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ