ރައީސް ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

ފަހުގެ ސިޔާސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މިރޭ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ސޯލްޓް ރެސްޓޯރެންޓުގައެވެ. މި ބައްދަލުކުރެއްވުމުގައި ގައުމީ މަޖިލީހުގެ 120 އެއްހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބެނީ 173 މެންބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ސޯލިހު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފަ އެވެ. އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ