އެއަރޕޯޓް ބޮޑުކުރުމުގެ އިތުރުން ދަރަވަންދޫއަށް އެތަކެއް ވައުދުތަކެއް ރައީސް ސޯލިހު ވެވަޑައިގެންފި

ސިޔާސީ ފަހުގެ

އެއަރޕޯޓް ބޮޑުކުރުމުގެ އިތުރުން ދަރަވަންދޫއަށް އެތަކެއް ވައުދުތަކެއް ރައީސް ސޯލިހު ވެވަޑައިގެންފިއެވެ.

ރޭއުފާވެރި އަމާންރާއްޖެނަމުގައި ބ،ދަރަވަންދޫގައި ބޭއްވި ކެންޕޭން ޖަލުސާގައި ވާހަކަ ދައްކަވަމުން ރައީސްް ސޯލިހު ވިދާޅުވީ ދަރަވަންދޫ އެއަރޕޯޓަކީ އެންމެ ބިޒީ ޑޮމިސްޓިކް އެއަރޕޯޓު ކަމަށާއި އަދި އެތަނުންެ ފައިދާވެސް ވާ އެއަރޕޯޓެއް ކަމަށެވެ. އެހެންކަމުން އެއަރޕޯޓުގައި އިތުރު ހިދުމަތްތައް ގާއިމުކުރައްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ހެލްތް ސެންޓަރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިތުރު ހިދުމަތްތައް އެތަނުގައިވެސް ގާއިމުކުރާނެ ކަމަށް ރައިސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލުހު ބ.ދަރަވަންދޫއަށް ކޮށްދެއްވާނެ ކަމަށް ވައުދުވި އިތުރު ކަންކަން

* ރޯހައުސް ނުވަތަ ފުލެޓް އެޅުން

* ބ.އަތޮޅު މަދަރުސާ އޮފީސް އަދި ކުލާސް ރޫމް އިތުރުކުރުން

* ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އެޅުން

* ދަރަވަންދޫ ރައްއިތުން ދަތުރު ދިއުމަން އެރަށާއި ކައިރިން ފަޅު ރަށެއް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖެއްސުން

* އޮފީސް ކޮމްޕްލެކްސް އެޅުން

* ބައޮސްފިޔާ ގޮތުގައި އޮތް ހަނިފަަރުބޭގެ އައުޓް ޕޯސްޓެއް ދަރަވަންދޫގައި ގާއިމްކުރުން

* ރަށް ހިމާޔަތް ކުރުމުގެ މަޝްރޫ ހިންގުން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ