ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވަޑައިގަންނަވާނެ

ފަހުގެ ސިޔާސީ

ރިޔާސީ ކެނޑިޑޭޓުންނަށް ހާއްސަކޮށްގެން ގައުމީ ޔުނިވާސިޓީ އާއި ޕީއެސްއެމް އިން ބާއްވާރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ބަހުސްގައި ބައިވެރިވާނެތޯ މީގެ ކުރިން ސުވާލުކުރުމުން މާރިޔާ ވިދާޅުވެފައިވަނީ ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ވަގުތެއް ލިބިއްޖެނަމަ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ވެސް ވިދާޅުވީ މީޑިއާތަކުގެ ވަކިވަކި ބަހުސަކަށް އެރުމަށް ވުރެ، ރައީސަށް މުހިންމީ ރަށްރަށަށް ވަޑައިގެ ންރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބަހުސްގައި، ކެނޑިޑޭޓުންގެ ތަސައްވަރާއި މެނިފެސްޓޯއާ ގުޅޭގޮތުން ސުވާލުކުރާނެއެވެ. އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންގެ މެދުގައިބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 އިން 11:00 އަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ