ސަލަފަކީ ޓެރަރިސްޓު ޖަމާޢަތެއްތޯ ސުވާލުކުރައްވައިފި

ފަހުގެ ސިޔާސީ

ސަލަފް ޖަމްޢިއްޔާ އަކީ ޓެރަރިސްޓު ޖަމާޢަތެއްތޯ އައްޝައިޚް ޝަފީޢު އަބްދުالله ސުވާލުކުރައްވައިފިއެވެ.

ޝެއިޚް ޝަފީޢު މިފަދައިން ބުނެފައިވަނީ ރައީސް އިބްރާހީމް ތަމްސީލުކުރައްވާ ޑިފެންސު މިނިސްޓަރު މާރިޔާ ނޫސްކޮންފަރެންސަށް އަރައިވަޑައިގެން ކޮންމެ ދުވަހަކު ހެން ސަލަފު ޖަމްޢިއްޔާއާއި އަދި ރާއްޖޭގެ އެކިއެކި ޝެއިޚުންނާމެދު ނަފްރަތު އުފެދޭފަދައިން ވާހަކަތައް ދައްކަވަމުންދަނީ ކީއްވެތޯ ސުވާލުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސަލަފަކީ ޓެރަރިސްޓު ޖަމާޢަތެއް ނަމަ ރާއްޖޭގެ ތިބި ހައްދުފަހަނައަޅާފައި ތިބި މީހުންނާއި ޖަމާޢަތްތަކުގެ ލިސްޓު ނެރުއްވި އިރު ސަލަފުގެ ނަން ނުހިމެނުއްވީ ކީއްވެތޯއާއި، ޑިފެންސު މިނިސްޓަރު ކަމުގައި މާރިޔާ ހުންނަވާތާ 5 އަހަރު ހަމަވަމުންދާއިރު ސަލަފަކީ އެހާ ނުރައްކާތެރި މަދަނީ ޖަމްޢިއްޔާއަކަށް ވާނަމަ،ފިޔަވަޅު ނޭޅުއްވީ ކީއްވެތޯ ޝެއިޚް ޝަފީޢު ސުވާލުކުރައްވާފައިވެއެވެ.

މީގެ އިތުރުން، ސަލަފު ޖަމްޢިއްޔާގައި ތިބީ ރާއްޖޭގެ މުޙްތަރަމު ޝެއިޚުން ކަމަށާއި، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ޝެއިޚް މުޙައްމަދު ލަޠީފަށް ބޮޑުބޭބޭއޭ ވިދާޅުވާން ޖެހުން އެއީ ހަމަ އެހާ ނިރުބަވެރިކަމެއްތޯ ސުވާލުކުރެއްވިއެވެ. އަދި ޝެއިޚް މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ކުދިބޮޑު އެންމެން އިޙްތިރާމަ ކުރާ،މިހާރުވެސް ދީނީ ރޮނގުން އެކި ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ސީނިއާރ ޝެއިޚެއް ކަން ފާހަގަކުރެއްވިއެވެ،

ހަމައެއާއެކު.ސަލަފަކީ ވެސް ރާއްޖޭގައި ދީނީ ހޭލުންތެރިކަން ފެތުރުމަށް ޓަކައި ރެއާއި ދުވާލު މަސައްކަތްކުރައްވާ، މުޅި ރާއްޖޭ ޤަބޫލުކުރާ މުޙްތަރަމު އަބުރުވެރި އަޚްލާޤު ރަނގަޅު ޝެއިޚުންތަކެއް ތިއްބެވި މަދަނީ ޖަމްޢިއްޔާއެެއްކަންވެސް ޝެއިޚް ޝަފީޢު ބުނެފައިވެއެވެ.

އަދި ސަލަފާ ޑރ. މުޢިއްޒާ ގުޅުމެއް އޮތިއްޔާ އެއީ މި ޤައުމަށް މާ ނުރައްކާތެރިކަމަކަށް ވީ ގޮތެއް ހަމަ ވިސްނާވިސްނާ ނޭނގުނު ކަމަށާއި ރައީސް އިބްރާހީމް އަދި މިނިސްޓަރ މާރިޔާ ޖަމްޢިއްޔަތުއްސަލަފާ މެދު އެހާ ބޮޑަށް ނަފްރަތުކުރައްވައި، އެހާ ބޮޑަށް އެ ޖަމްޢިއްޔާއާ މެދު ނަފްރަތު އުފައްދަވައި ފިތުނަ އުފައްދަވަން ޖެހޭސަބަބަކީ ކޮބައިތޯވެސް ސުވާލުކުރައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ