ވޯޓްލުމަށް ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ: އީސީ

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބުގައި ވޯޓުލުމަށްޓަކައި، ބޭނުންކުރެވޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، މުއްދަތު ހަމަ ނުވާ ދިވެހި ޕާސްޕޯޓު، މުއްދަތު ހަމަ ނުވާ ޕާސްޕޯޓް ކާޑު، މުއްދަތު ހަމަނުވާ ޑްރައިވިންގ ލައިސަންސްކަމަށެވެ. އަދި ވޯޓްލުމަށްޓަކައި އޭގެތެރެއިން ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު އޮންނަންޖެހޭނެކަމަށާއި، އެ ނޫން ޢެހެން އެއްވެސް ލިޔުމެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެކަމަށް ކޮމިޝަނުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ވޯޓްލާން ބޭނުންވާ އައިޑީ ކާޑުފަދަ ތަކެތީގެ މުއްދަތު ހަމަވެފައިވާނަމަ، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާނަމަ، އައު ކުރެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.

އިލެކްޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި، ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ. 8 ކެނޑިޑޭޓުން ވާދަކުރައްވާ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިފަހަރު 574 ފޮށި ބަހައްޓާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ