ބޯ ވިއްސާރައިގައިވެސް އަލިފުށީ ރައްޔިތުން ބަދަލަކަށް ބޭނުންވާވަރު ހާމަކޮށްދީފި

ސިޔާސީ ފަހުގެ

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވެފައިވާވަރު ރ.އަލިފުށީ ރައްޔިތުން ހާމަކޮށްދީ، ޕްރޮގްރެސިވް ކޮންގްރެސްކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުޢިއްޒުއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ޑރ.މުޢިއްޒު އަލިފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެވަގުތު ބޯކޮން ވާރޭ ވެހެމުން ދިޔަނަމަވެސްރައްޔިތުން ދިޔައީ މަލުގެ ހާރުތަކާ އަތްތިލަބަޑި ޖެހުމާއެކު ޑރ.މުޢިއްޒުއަށް މަރުހަބާ ކިޔަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރ އަތޮޅުގެ ބޮޑު ޖަލްސާ މިރޭ ދުވާފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރ އަތޮޅަށް ޑރ.މުޢިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންތައްތަކާއި، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ތަރައްޤީގެ މުހިންމު މަސައްކަތްތައް އިޢުލާނު ކުރައްވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ