މާލޭގައި އަޅަން އޮތް ކެންސަރ ހޮސްޕިޓަލް އަޅާނީ ލާމު އަތޮޅުގައި – ރައީސް ސޯލިހު

ފަހުގެ ސިޔާސީ

މާލޭގައި އަޅަން އޮތް ކެންސަރ ހޮސްޕިޓަލް އަޅާނީ ލާމު އަތޮޅުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ލ.ފޮނަދޫގައި ބޭއްވި ކެންޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރުގެ އަމާޒަކީ 25،000 މީހުންގެ އާބާދީއަކަށް އެ ސަރަހައްދު ބަދަލުކުރުން ކަމަށެވެ. މިކަމާ ގުޅިގެން ބޭނުންވާ ވަސީލަތްތައް ރާވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ލ.ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމާއި، މާލޭގައި އަޅަން އޮތް ކެންސަރު ހޮސްޕިޓަލް ލާމު އަތޮޅުގައި އަޅަން ބަދަލުކުރި ކަމަށް ރައީސް ސޯލިހުފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓު އިންޓަނޭޝަނަލްކޮށް، ކޮމާޝަލް ސީޕޯޓެއް ގާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ.

ސީދާ ރާއްޖެއިން ބޭރުން ފަތުރުވެރިން އައުމާއި، ރާއްޖެއިން ބޭރުން މުދާ ގެނެވޭ ގޮތްވުމުން ލާމު އަތޮޅަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ