“ރިޔާސީ ބަހުސް” ގައި ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވާނެ

ފަހުގެ ސިޔާސީ

ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ދަޢުވަތު ފޮނުވާފައިވާ ކަމަށާއި، ހުރިހާ ކެންޑިޑޭޓުންވެސް މި ބަހުސްގައި ބައިވެރިވެލައްވާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ޕީއެސްއެމްއާއި ސަންގު ޓީވީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.


މިފަހަރުގެ ރިޔާސީ ބަހުސް ބާއްވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ސަންގު ޓީވީ ގުޅިގެންނެވެ. ޕީ.އެސް.އެމްއިން އެންމެ ފުރަތަމަ ބަހުސްބޭއްވުމަށް ކަނޑައެޅީ އަންނަ ހުކުރުދުވަހުގެ ރޭގަނޑެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެންޕެއިން ހަރަކާތްތަކުގެ ވަގުތުތައްހުރިގޮތުން ބަހުސްގައި ބައިވެރިވެވޭގޮތް ނުވުމުގެ ސަބަބުން، ޕީ.އެސް.އެމްއިން ވަނީ ވަކިން ބަހުސްއެއް ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެންރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީ.އެސް.އެމްއާއި ސަންގު ޓީވީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ. މިބަހުސް ބާއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއި އެއްބާރުލުމާއިވެސް އެކުގައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ