ނައިފަރާއި ހިންނަވަރު ބްރިޖަކުން ގުޅާލަން ގާސިމް ވައުދުވެއްޖެ

ސިޔާސީ ފަހުގެ

ނައިފަރުން ފެށިގެން މަޑިވަރު އެއާޕޯޓާއި ސިނާސީ ރަށް ފެލިވަރާއި ގާއެރިފަރާ އެކު ހިންނަވަރާ ހަމައަށް ބްރިޖަކުން ގުޅާލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.

ޅ.އަތޮޅަށް ކުރެއްވި ދަތުރުގައި މަޑުވަރު އެއާޕޯޓުގައި އިންނަވައި ގާސިމް ވިދާޅުވީ, އޭނާ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ, ނައިފަރާއި, ހިންނަވަރު ދެމެދު އޮތްމަދިވަރާއި ފެލިވަރުގެ އިތުރުން ގޭރިފަރު ހިމެނޭހެން ބްރިޖަކުން ގުޅާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހިންނަވަރާއި ނައިފަރު, ދެމެދު ހުރި ރަށްތައް ހިމެނޭހެން ގުޅާލުމުން, އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑެތި ފަސޭހަތަކެއް ވާއިރު, މާބޮދު ހަރަދުތަކެއްއެކަމަށް ނުދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ތަރައްގީއާއި, އިގްތިސޯދަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

އެ ސަރަހައްދުގެ އާބަން ޑިވެލޮޕްމަންޓަށް ކުރިއެރުން ލިބޭނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެ ރަށްތައް ގުޅާލުމުން އެ ސަރަހައްދު ސިޓީއަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ޅަވިޔަނި އަތޮޅުގެ މި ރަށްތަކަކީ ބޮޑު ފަޅުތަކެއް އޮންނަ ރަށްތަކަށް ވާތީ, ބްރިޖު އެޅިޔަސް ކުރިއަށް އޮތް މުސްތަގުބަލުގައި ހިއްކަންޖެހިއްޖެއްޔާ, ހިއްކާ ބޮޑު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ