ދަރަނި ދަންތުރައިން މި ޤައުމު ސަލާމަތްކޮށްދޭނަން. – ޑރ.މުޢިއްޒު

ފަހުގެ ސިޔާސީ

ދަރަނި ދަންތުރައިން މި ޤައުމު ސަލާމަތްކޮށްދޭނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަފު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު މިހެންވިދާޅުވީ ރޭ ރ.ދުވާފަރުގައި ބޭއްވި އެމަނިކުފާނުގެ ކެންޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރަށެއް ނުވަތަ ޤައުމެއްވިޔަސް ތަރައްޤީ ބައްޓަން ކުރަންވާނީ ރާވާލައިގެން އިޤްތިޞާދު ކުރިއެރުވުމަށްޓަކާ އާމްދަނީ ލިބޭނެ މަގުތައްވެސް ފަހިކޮށްގެން ކަމަށްޑރ.މުޢިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ޤައުމުގެ ދަރަނި ހުރީ ސަތޭކަ ބިލިއަންށްވުރެ މަތީގައި ކަމަށާއި، ފުރަތަމަވެސް މި ދަރަނި ދަންތުރައިން ސަލާމަތްވާން މަސައްކަތް ފަށަންޖެހޭ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ރަށްރަށަށް ގޮސް އެކި ކަންކަން ކުރާނެ ކަމަށް ބުނަނީ މިކަން ސިކުނޑީގައި ބާއްވައިގެން ކަމަށްވެސް އެމަނިކުފާނުވިދާޅުވިއެވެ.

މީގެ އިތުރުން މި ޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށްޖަހަން އެނގޭ ކަމަށާއި، އެކަން ކުރާނެ ގޮތްވެސް ބާޔާންކުރަމުންދާ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ