ކޮމިއުނިޓީ އަރބަން ފާރމިންގެ ދެވަނަ ބުރު ހުޅުވާލައިފި

ޚަބަރު ފަހުގެ

ކޮމިއުނިޓީ އަރބަން ފާރމިންގެ ދެވަނަ ބުރު ހުޅުވާލައިފިއެވެ.

މިކަން ބަޔާންކޮށް އަރބަންކޯއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އަރބަންކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހިކޮށްދިނުން ކަމުގައި އެ ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، 5 އަހަރުގެ ދުވަހަށް ކުއްޔަށްދޭ އުސޫލުން ދެވިގެންދާނެ ކަމަށާއި، މި ކަމަށް އެދިހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށްކަމަށާއި، އަދި ހުށައަޅާ ފަރާތަކީ އަރބަން ފާރމިންގް ގެ އެހެން ޔުނިޓް އެއްމީގެ ކުރިން ލިބިފައިވާ ފާރާތަކަށް ވެގެން ނުވާނެ ކަމަށް ފާހަކޮށްފައިވެއެވެ.

މީގެ އިތުރުން މި މަޝްރޫއު ހިންގޭނީ 3 ކެޓަގަރީއަކަށް، ކޮންމެ 3 މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުން ކަމަށް އަރބަންކޯއިން ބުނެފައި ވެއެވެ. ފުރަތަމަކެޓަގަރީ ފަރުމާކުރެވިފައިވަނި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50% ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ. ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. އެގޮތުން މި ކެޓަގަރީއަށް 25% ހާއްސަކުރެވިފައިވެއެވެ. މިއާއެކު ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީއެވެ. މި ކެޓަގަރީއަށް 25% ހާއްސަކޮށަފައިވާ ކަމަށްބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، މި ޔުނިޓްތަކުން ތަފާތު ޙިދުމަތްތައް ލިބިގެންދާކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އަރބަންފާރމިންއަށް ޝައުގުވެރިވެލައްވާ ފަރާތަތަކުން އަރބަންކޯ ވެބަސައިޓް މެދުވެރިކޮށް ފޯރމް ބައްލަވައިގެން ފޯރްމް އާއި އެކު 28 ސެޕްޓެމްބަރ 2023 ވަނަ ދުވަހު އަރބަންކޯ ހެޑްއޮފީސް އަށް ވަޑައިގެން ފޯމް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައިކަމަށް އާރބަންކޯގެ ނޫސްބަޔާނުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ