ހަނިމާދޫ ހިމެނޭ ގޮތުން ހދ އަތޮޅުގެ ބައެއް ރަށްތަކަށް ފާރިސް ކެންޕޭނަން ވަޑައިގެންފި

ހަނިމާދޫ ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގައި އަމިލަގޮތުން ވާދަކުރަށްވާ ފާރިސް މައުމޫން ހަނިމާދޫ ހިމެނޭހެން ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކެންޕޭނު ދަތުރުފުޅެއް ކުރައްވައިފިއެވެ.

މިއީ އަމިއްލަ ގޮތުން ރިޔާސީ ރޭހަށް ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ ތެރެއިން މިހާތަނަން ހަނިމާދޫ އަދި ހދ ރަށްތަކަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ކެނޑިޓެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަހުގެ 29 ން 30 އަށް ހދ އަތޮޅަށް އެމަނިކުފާނު ކުރެއްވެވި މި ދަތުރުގައި މިއަދު ހަވީރު ހަނިމާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ދޮރުން ދޮރަށް ވަނީ ހިންގަވާފައެވެ. އަދި ހަނިމާދޫގެ ބައެއް ބެލެނިވެރިނާ ބައްދަލު ކުރައްވާފައިވެއެވެ.

ހަނިމާދޫގެ އިތުރުން ފާރިސް ވަނީ ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި ކުޅުދޫފުއްޓަށް ވަޑައިގެންފައެވެ. މި ރަށްރަށުގައިވެސް އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ފާރިސް މައުމޫންގެ ކެނޑިޑޭޓު ނަންބަރަކީ 6 ނަންބަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ